އިޢުލާނު
|
މަޤާމު:
|
ރެޖިސްޓާރޑް ނާރސް
|
މަޤާމުގެ ނަންބަރު:
|
J-310170
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
CS8 (ގްރޭޑް 1)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ނާރސިންގ ޕްރޮފެޝަނަލްސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ދަރަނބޫދޫ ސިއްޙީމަރުކަޒު، ފ. ދަރަނބޫދޫ
|
މުސާރަ:
|
9060.00 (މަހަކު)
|
ސަރވިސް އެލަވަންސް:
|
ހޮސްޕިޓަލްގެ ލެވެލް 3 އަދި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/188 ރުފިޔާ
- ހޮސްޕިޓަލްގެ ލެވެލް 2 އަދި 16 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
- ހޮސްޕިޓަލްގެ ލެވެލް 1 އަދި 8 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/120 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެ މީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓުކުރުމާއި އަދި ރިފަރކޮށްފައި ތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާގެ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެ މީހުންނަށް މަޢުލޫމާތު ދިނުން
- ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން
- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން
- ޞިއްހީ މަރުކަޒަށް ޒިޔާރާތްކުރާ މީހުންނަށް ހެލްތް އެޑިއުކޭޝަން ދިނުމާއި ޚާއްސަގޮތެއްގައި މާބަޑު މީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލިމީހާގެ އާއިލާއަށް (މަންމަ އާއި ބައްޕަ) އަށް ގާތުން ކިރުދިނުމާއި ބެހޭގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން
- ޞިއްޙީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި ހެލްތް ޕްރޮމޯޝަން ސެކްޝަނުން ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ އަމަލީގޮތުން ބައިވެރިވުމާއި އައުޓްރީޗް ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން
- ޑިއުޓީއާއި ހަވާލުވުމުގެ ކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން
- ޞިއްޙީމަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހަކާއިއެކު އެތަނަށް ދިއުން.
- ޞިއްހީމަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޔުނިވާސަލް އިންޕެކްޝަން ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުން.
- ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރު ކުރުން
- ނަރުހުންގެ އިންޗާޖުގެ ހައިސިއްޔަތުން މަސައްކަތްކުރަން ޖެހިއްޖެނަމަ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމާއި އެމުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެކަށޭނަ ފީޑްބެކް ދިނުން
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމް
|
ސިވިލްސާވިސް ރޭންކް
|
އަސާސީ ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ރެޖިސްޓާރޑް ނާރސް
|
CS1-8
|
ނަރސިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާސިލް ކޮށްފައިވުން
|
9060.00
|
CS2-8
|
ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
|
|
|
9210.00
|
CS3-8
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
|
9360.00
|
ސީނިއާރ ރެޖިސްޓާރޑް ނާރސް
|
CS3-8
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
|
9670.00
|
CS1-10
|
ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް 10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
|
|
|
9920.00
|
CS2-12
|
ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް 10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
|
|
|
10160.00
|
|
CS1-12
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
|
10410.00
|
CS2-12
|
ކްލިނިކަލް ނަރސް، ސީއެސް12-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
|
|
|
10600.00
|
CS3-12
|
ކްލިނިކަލް ނަރސް، ސީއެސް12-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
|
|
|
10،940.00
|
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން.
- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރޗް 2021 ގެ 10.00 ގެ ކުރިން، ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 29 މާރޗް 2021 އާއި 31 މާރޗް 2021އާއި ދެމެދު ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740688 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|