މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4،980 ރުފިޔާ

 

އެހެނިހެން އިނާޔަތްތައް:

3،500ރ– 4،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ޝަރުތު:

- B0 ނުވަތަ B2 ކެޓަގަރީގެ ލައިސެންސް އޮތުން

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

- ކުންފުނިން ކަނޑައަޅާ އުޅަދެއްގެ އިސްމީހެއްގެ ގޮތުގައި ޒިންމާނަގައި، ޑިޕާޓްމަންޓުން އަންގާ ޝެޑިއުލާއި އެއްގޮތަށް ޕެސަންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކާމާއި އެކު ދަތުރުކުރުން.

     މަސައްކަތްކުރަންޖެހޭ ތަން:

ޓްރާންސްޕޯޓް ޑިޕާޓްމަންޓް (ލ.އިސްދޫ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

 

ސުން ގަޑި:

2021 މާރިޗު 23 އަންގާރަ ދުވަހުގެ 14:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

 ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

- ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

15 މާރިޗު 2021
ހޯދާ