ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުންތަކަށް ބައެއް ސަރަހައްދުތަކުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ  

(IUL) PSM-FP/ PSM/2021/40

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-26-21) PSM-ENG /2021/04,06

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ  ބޭނުންތަކަށް ތިރީގައި މިދަންނަވާ ސަރަހައްދުތަކުގައި ފައިބަރ ކޭބަލްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/16 ނަންބަރު އިޢުލާނާގުޅިގެން  ހުށަހެޅުނު ޕްރޮޕޯސަލްގެ ތެރެއިން ހުށަހެޅުމަށް ބުނެފައިވާގޮތަށް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ.

  • މާލޭ ހުކުރު މިސްކިތުގައި  ހުންނަ މިކުންފުނީގެ ފައިބަރ ފޮށިން ރައްޔިތުންގެ މަޖްލިސް އިދާރާޔާ ހަމައަށް 6 ކޯރ ގެ ފައިބަރ ކޭބަލެއް އެޅުމާއި، އަދި މަޖްލިސް އިދާރާގައި 12 ކޯރގެ ފައިބަރ ޓްރޭ އެއް އަޅުވާދިނުމުގެ މަސައްކަތް ކުރުން.
  • ޕިއެސްއެމްގެ ޓީވީ ޢިމާރާތުގެ އުތުރުފަރާތުން ޢިމާރާތުގެ ތެރެއަށްވަދެފައިހުރި ފައިބަރ ކޭބަލްތައް ދެކުނު ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.

 

ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މަތީގައި ބަޔާންކޮށްފައިވާ 2 ސަރަހައްދަށް މިކޭބަލްއެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މާރޗް 2021 ވާ ބުރާސްފަތި  ދުވަހުގެ 14:00 އަށް  ޕީއެސްއެމް ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

             01 ޝަޢުބާން 1442      

             14މާރޗް 2021    

15 މާރިޗު 2021
ހޯދާ