އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، ޕްލާކް، ސޭޝް އަދި ލައިޓިންގގެ ޚިދުމަތާ ގުޅޭ

1.   މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް އަދި ސޭޝް ތައްޔާރުކޮށްދީ އެ ޖަލްސާއަށް ލައިޓިންގގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)MAI-109/MAI/2021/8) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2 .  މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރިޗު  16 ން 2021 މާރިޗު 18 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 .  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 .  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗު 21 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5 .  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

[email protected]

                                            15 މާރިޗު 2021

Attachments

15 މާރިޗު 2021
ހޯދާ