މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މީޑިއާ އޮފިސަރ

މި ކައުންސިލުގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މީޑިއާ އޮފިސަރ  

މަޤާމުގެ ނަންބަރު:

J-232474

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

(އެމް. އެސް 1) 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. މީޑިއާ ކައުންސިލް އެލަވަންސްގެ ގޮތުގައިމުސާރައިގެ 35 ޕަސެންޓް
  2. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

1. މީޑިއާގެ މިނިވަންކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤަށް ހުރަސްއެޅޭގޮތަށް ހިނގާ ކަންކަން ބަލައި ކައުންސިލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި މީޑިއާ އާއި ގުޅުންހުރި ހިނގާ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުން.

2. މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފަންނީ ހުނަރުވެރިކަން ހޯދުމަށް ޤައުމުން ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ އެކިއެކި ފަރާތްތަކާއި ގުޅައިގެން އެފުރުޞަތު ހޯދައި ދިނުމަށް ކައުންސިލުގެ ލަފާގެ މަތިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި އެފަރާތްތަކާއެކު ބާއްވާ އެންމެހާ ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުން. 

3. ކައުންސިލުން ބާއްވާ ނިއުސްކޮންފަރެންސް ތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ  އެންމެހާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން. 

4. ކައުންސިލުގެ ދާއިމީ ކޮމެޓީތައް (ޕަބްލިކް ރިލޭޝަން ކޮމެޓީ އަދި މީޑިއާ ރިލޭޝަން        ކޮމެޓީ)ގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމަހާ މަސައްކަތްތައް ކައުންސިލުގެ މެންބަރުން      ނިންމާ  ގޮތަކަށް އިންތިޒާމްކޮށް ބެލެހެއްޓުން އަދި ހަމައެއާއެކު ކައުންސިލުގެ ކޮމެޓީތަކުގެ    ޖަލްސާތަކުގެ އިންތިޒާމް ހަމަޖައްސާ އެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޒް ކުރުމުގެ      މަސައްކަތްތައް ސެކްޝަނުގެ އެހެނިހެން މުވައްޒަފުންނާއި ގުޅިގެން ރާވައި ހިންގުން. 

5. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެޖެންސީތަކާއި ގުޅިގެން ނޫސްވެރިންނަށް ހިންގާ އެންމެހާ ޓްރޭނިންގްތަކުގެ އިދާރީ މަސައްކަތްތައް ކުރުން. 

6. އާންމު ރައްޔިތުންނާއި މީޑިއާތަކަށް ކައުންސިލުން ނެރޭ ނޫސްބަޔާން، ދެންނެވުން އަދި ސާކިއުލާރ ފަދަ ތަކެތި ތައްޔާރު ކުރުމާއި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ނެރެންޖެހޭ ކައުންސިލްގެ ޚަބަރުތައް ތައްޔާރުކޮށް ސަރކިއުލޭޓްކޮށް ބެލެހެއްޓުން. 

7. އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކައުންސިލުން ހިންގާ އެޑްވޮކަސީ ޕްރޮގްރާމްތަކުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި ޕްރެސް ކުލަބް އަދި ސްކޫލް މީޑިއާ ކުލަބްތަކުގެ އިދާރީ އަދި ލިޔެކިޔުންތަކުގެ އެންމެހާ މަސައްކަތްތައްކޮށް ފައިލްކޮށް ބެލެހެއްޓުން. 

8. ކައުންސިލުން މީޑިއާތަކާއެކު ބާއްވާ އެންމެހާ ބައްދަލުވުންތައް (މީޑިއާ އެޑިޓަރުންނާއި ނޫސްވެރިން އަދި އެހެނިހެން ބައްދަލުވުންތައް ހިމެނޭގޮތަށް) ރާވައި ހިންގާ އިންތިޒާމުތައް ހަމަޖެއްސުން. 

9. ކައުންސިލުން އާންމުންނަށާއި މީޑިއާތަކަށް ނެރޭ އެހެނިހެން ލިޔުންތައް ރައީސްގެ އިރުޝާދާއި ލަފާގެ މަތިން ޑްރާފްޓްކުރުމުގެ މަސައްކަތްކުރުމާއި އެފަދަ ތަކެތި ގެޒެޓްކުރުމާއި އާންމުކުރުމުގެ މަސައްކަތް ކުރުން. އަދި ހަމައެއާއެކު ކައުންސިލުގެ ވެބްސައިޓް، ޓްވީޓް، އެފްބީ އަޕްޑޭޓް ކުރެވިފައި ހުރިތޯ ކަށަވަރުކުރުން.

10. އަހަރީ ރިޕޯޓް ލިޔުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ އަހަރު ރިޕޯޓް ކޮންމެ އަހަރެއްގެ ފެބުރުވަރީ 21 ގެ ކުރިން ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 

11. ކައުންސިލުގެ ޖަލްސާތަކުގެ އެޖެންޑާއާއި، ޔައުމިއްޔާއާއި، ނިންމުންތަކާއި އަދި ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.

12. މީޑިއާ ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އެމުވައްޒަފުންގެ އެޕްރައިޒަލް ފޯމްތައް ފުރިހަމަކުރުން. 

13. ކައުންސިލަށް ހުށައެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުމާއި މައްސަލަތަކާއި ގުޅޭގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމާއި މައްސަލަ ބަލާ މަޖިލީހުގެ އިންތިޒާމް ހަމަޖެއްސުން.  އަދި އެމައްސަލަތަކާއި ގުޅޭގޮތުން ކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާ އެންގުންތައް ޑްރާފްޓް ކުރުން.

14. ޤާނޫނާއި ގަވާއިދު ތަންދޭ ގޮތުގެ މަތިން ކައުންސިލުގެ އިސްވެރިންނާއި އަދި ކައުންސިލުގެ ރިޔާސަތުންނާއި މެމްބަރުން ޙަވާލުކުރާ އެންމެހައި މަސައްކަތް ކުރުމާއި، މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން .

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
  1. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ޖާނަލިޒަމް، މާކެޓިންގ، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް

  2. މަޤާމުގެ މަސައްކަތުގެ ދާއިރާ:

   ޕަބްލިކް ރިލޭޝަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް  މި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރިޗް 2021 ވާ (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އާއި އިމްތިޙާން / ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 28 މާރިޗް 2021 އިން 01 އޭޕްރީލް 2021 އާ ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލް  (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ލިބުނު ގޮތުގެ ޝީޓް(A2 ފޯމް)" އާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި މިއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 
15 މާރިޗު 2021
ހޯދާ