ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ރެޖިސްޓަރޑް ނަރސް

މަޤާމް: ސީނިއަރ ރެޖިސްޓަރޑް ނަރސް

ޑިޕާޓްމަންޓް: ނާރސިން

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

މަގާމު

ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ސީނިއަރ ރެޖިސްޓަރޑް ނަރސް

CS10-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-/9670 ރުފިޔާ

CS10-2

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.

-/9920 ރުފިޔާ

CS10-3

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާކްސް ހޯދާފައިވުން.

-/10160 ރުފިޔާ

ސަރވިސް އެލަވަންސް

 -/188 ރުފިޔާ (ކަނޑައަޅާފައިވާ ގޮތުގެ މަތިން)

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނަރސިންގ ކެއަރ ރާވާ ޚިދުމަތްދީ އިވެލުއޭޓްކުރުން.
  2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން.
  3. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އިވެލުއޭޓްކުރުން.
  4. ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ ނަރުހުންނަށް އުގަންނައިދިނުމުގެ ހަރަކާތްތަކާއި ސިއްހީ ހޭލުންތެރިކަމާއި ސިއްހަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  5. ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވާދިނުން.
  6. އެހެން ނަރުހުންނާއި ބަލިމީހާއަށް ޕަރސަނަލް ކެއަރދޭ އެހެން ސިއްހީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް ވިލަރެސްކުރުން.
  7. ނަރުސްކަމާއި ނަރުސްކަމުގެ އިޖުރާއަތުތަކާބެހޭ ދިރާސާތައްކޮށް ސައެންޓިފިކް ލިޔުންތަކާއި ރިޕޯޓްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުން.
  8. ބަލިމީހުންނަށް ލިޔެދީފައިހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދިނުން.
  9. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 23 މާރިޗް 2021 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މިމަޤާމް ތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް،ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.ވަޒީފާއަށް އެދޭ ފޯމު 

·        ސީވީ

·        ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

·        ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

·        މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސް

·        މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

·        އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

  

14 މާރިޗު 2021
ހޯދާ