ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ކ. މާފުށީ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވޭނެއެވެ. https://banktransfers.mwsc.com.mv ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 14 މާރިޗް 2021 އިން 17 މާރިޗް 2021 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 18 މާރިޗް 2021 ގެ ހެނދުނު 10:00 އިން މެންދުރު ފަހު 04:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.
ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 މާރިޗް 2021 ވާ ދުވަހު 14:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 22 މާރިޗް 2021 ވާ ދުވަހު 11:30 އެވެ.
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް
