މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރަމުންދާ ކްލާސްރޫމް އަދި ހޯލްތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

           (IUL)22-G/22/2021/65 :އިއުލާން ނަންބަރ                                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • އަލަށް ޢިމާރާތް ކުރަމުންދާ ކްލާސްރޫމް އަދި ހޯލްތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިއުލާން 110(IUL)22-G/22/2020/ އާއި ގުޅިގެން މައުލޫމާތު ބަދަލުވުމާއި ގުޅިގެން، މި އިއުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލި އިއުލާން 119(IUL)22-G/22/2020/ ގެ 02 ވަނަ ލޮޓް އަގުބޮޑު ކަމަށް ފެންނާތީ، މި އިއުލާން ގެ 02 ވަނަ ލޮޓްއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު 03 ވަނަ ފަހަރަށް ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  13 މާރިޗު 2021 އިން  18 މާރިޗު 2021 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

  • ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000ރ(ދިހަހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

 

ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 މާރިޗު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 23 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  •   ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
  • ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/
13 މާރިޗު 2021
ހޯދާ