މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވެލުއޭޝަން އޮޑިޓެއް ތައްޔާރުކުރުމާއި ގުޅޭ

ވެލުއޭޝަން އޮޑިޓެއް ތައްޔާރުކުރުމާއި ގުޅޭ

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހުޅުމާލެ، ފޭސް 1 ގައި އިމާރާތް ކުރަމުންދާ ހައުސިންގް ޕްރޮޖެކްޓް މިހާރުގެ ކޮންޓްރެކްޓަރ އަތުން ނަގަށް ކަނޑައާޅާފައިވާތީވެ، އެ ޕްރޮޖެކްޓަށް ގަނެވިފައިވާ މުދަލާ ޚިދުމަތްތައް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް ޕްރީބިޑް މީޓިންގއެއް 21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރު ކޮށި 1 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހިއްޕަވައިގެން 23 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރު ކޮށި 1 އަށް ވަޑައިގެންދެއްވުން އެދެމެވެ. މި ޢިއުލާނާއިއެކު  ޓާރމްސް އޮފް ރިފަރަންސް އެޓޭޗްކުރެވިފައި ވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 14:00 އަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް

ފޯނު: 3345053  (ރަސްމީ ދުވަސް 09:00 – 15:00)

އީމެއިލް: [email protected]

11 މާރިޗު 2021
ހޯދާ