ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ވޯކްވޭގެ އަތުރާގާއެޅުމާއި ގުޅޭ
އިޢުލާން ނަންބަރ: GS121/IUL/2021/06
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އަމިއްލަ ތަކެތީގައި ވޯކްވޭގެ އަތުރާގާއެޅުމާއި ގުޅޭ
ޕީޓީއޭގެ ކުރެވުނު އިޢުލާން ނަންބަރު GS121/IUL/2021/03 އެއިޢުލާނަން ކުރިމަތިލި ފަރާތުން ބިޑް ދޫކޮށްލާފައިވާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
- މި ސްކޫލްގެ ޕީޓީއޭގެ ފަރާތުން ހަދަމުންދާ ވޯކްވޭގެ އަތުރާގާއެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރިޗު 14 ން 2021 މާރިޗު 18 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް ރަސްގެތީމު ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ރަސްގެތީމު ސްކޫލް ގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:30 ގައި ރަސްގެތީމު ސްކޫލް ގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް:[email protected]
11 މާރިޗު 2021
ހޯދާ