މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން މިހާރު ނެތި ގޮސްފައިވާ އުޅަނދުފަހަރުތައް ބާތިލް ކުރުމާއި ބެހޭ

      ނަންބަރު:    (IUL)202-M/1/2021/ 28

 

އިޢުލާން

    ޤާނޫނު ނަންބަރު 35/2015 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދު ނަންބަރު 2016/R-6 "ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގެދަށުން ރަޖިސްޓަރީ ކޮށްފައި ހުންނަ ކަނޑު އުޅަނދުފަހަރު އުރިގެން ނުވަތަ ފެތިގެން ނުވަތަ އަނދައިގެންގޮސް ނުވަތަ ސްރެޕް މެޓަލްއަށް (ބާ ދަގަނޑަށް) ވިއްކާލުމަށްފަހު ނުވަތ މިނޫންވެސް ގޮތަކަށް އުޅަނދު ހަލާކުވެ ނެތި ގޮސްފިނަމަ އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅައި އެ އުޅަނދެއްގެ ރަޖިސްޓަރީ ދަފުތަރުން ކެންސަލް ކުރަންޖެހެއެވެ.

     މިހާރަކަށްއައިސް މިގޮތަށް ނެތިގޮސްފައި ހުންނަ އުޅަނދުފަހަރު ދަފުތަރުން އުނިކުރުމަށް ހުށަހެޅުމަކާނުލައި، އެ އުޅަނދަކީ ނެތި ފަނާވެ ނުވަތަ ބާ ދަގަނޑަށް ވިއްކާލުމަށްފަހު ދަފުތަރުން އުނިވެފައިވާ އުޅަނދެއްކަމަށް ބަލައި، އެ އުޅަނދުފަހަރުގެ ވެރިން ދަނީ ތަފާތު ޝަކުވާތައް މިއޮތޯރިޓީއަށް ހުށަހަޅަމުންނެވެ.

       އެހެންކަމުން އުޅަނދެއް މިއޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށްފަހު އެއްވެސް ހާލަތެއް ދިމާވެގެން އެ އުޅަނދެއް ނެތި ފަނާވެ ގޮސްފައިވާނަމަ ނުވަތަ ބާ ދަގަނޑަށް ވިއްކާލާފައިވާނަމަ އެ އުޅަނދެއްގެ ރަޖިސްޓަރީ ދަފުތަރުން އުނިކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅުއްވައިގެން އެ ރަޖިސްޓަރީއެއް ބާތިލްކުރުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                  26 ރަޖަބް 1442

                  10 މާރިޗު 2021    

11 މާރިޗު 2021
ހޯދާ