ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއަތޮޅު ސްޓޭޓްހައުސްގޯތީގެ ދެކުނުކޮޅުގައި ޢިމާރާތްކުރަން ފަށާފައިވާ ގެސްޓްހައުސްގެ 02 ނަންބަރު ބްލޮކްގައިނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެއެވެ. ބީލަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވޭނެއެވެ.
- މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުން(www.faafu.gov.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2021މާރިޗު22ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ގޯތީގައި ޢިމާރާތް ކުރަމުންދާ ގެސްޓްހައުސްގެ 2 ނަންބަރު ބްލޮކްގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ އަންދާސީ ހިސާބު" މިހެންލިޔެފައި އޮންނަން ވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް، ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ /ފ.ނިލަންދޫ، ދިވެހިރާއްޖެ.
ފޯން: 6740017
އީމެއިލް: [email protected]
08މާރިޗު2021
08 މާރިޗު 2021
ހޯދާ