މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'' އަތޮޅުވެށި '' ލާންޗް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

ރ. އަތޮޅު ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ، ރަޖިސްޓަރީ ނަމްބަރު: G9093A-02 7-E '' އަތޮޅުވެށި '' ލާންޗް، އެ ލާންޗުގައިހުރި ޔަމަހާ 150 ހޯސްޕަވަރުގެ ޓޫސްޓްރޯކް އައުޓްބޯޑް އިންޖީނާއެކު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުން ގަސްދުކުރަމެވެ. މިއީ ގަލްފުކުރާފުޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިބަރުން ހަދާފައިވާ 6.150 މީޓަރ ދިގު 2.240 މީޓަރ ފުޅައު ވޯޓަރ ސްޕޯރޓްސް ގައި ބޭނުން ކުރާ ލާންޗެކެވެ. މިލާންޗް އުފައްދާފައިވަނީ 18 ޖުލައި 2007 ގައެވެ. މިއީ ވަރަށް މަދުން ދުއްވާފައިވާ ލާންޗެކެވެ. މި ލާންޗް ނީލަމުން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މެއި 2013 ދުވަހުން ފެށިގެން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ނީލަން ފެށޭއަގަކީ -/75000 ( ހަތްދިހަ ފަސްހާސް ރުފިޔާ ) އެވެ. އަގު ހުށަހަޅާ ފަރާތްތަކުން އިތުރު ކުރެވޭނީ އެންމެ މަދުވެގެން ފަހަރަކު -/5000 ( ފަސްހާސް ރުފިޔާ ) އެވެ. ނީލަމަށް ހުށަހެޅޭ އެންމެ ފަހުގެއަގު 19 މެއި 2013 ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12.00 ގައި ރަށުކައުންސިލްތަކުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް ލާންޗުގެ ނީލަމުގެ އަގު އަރައިފިކަމަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ފެނިއްޖެނަމަ، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި 48 ގަޑިއިރު ވަންދެން އަގު ބަދަލުނުވެ އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ލާންޗުގެ ނީލަން ނިންމާ ލެވޭނެއެވެ. ނީލަން ނިމޭ ފަރާތަށް ނީލަން ނިމުނުކަމަށް އެންގުމުން 3 ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލޯންޗް ނީލަމުގެ ފައިސާ ދައްކައި ލާންޗާ ޙަވާލުވާން ވާނެއެވެ. މި ލާންޗް މިހާރު އޮތީ ރ. އަތޮޅު ކައުންސިލްގެ އިދާރާގެ ދެކުނު ފަރާތު ގޯތި ތެރޭގައެވެ. ނީލަން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ލާންޗް ބައްލަވަން ބޭނުންފުޅު ވާނަމަ،  މި އިދާރާއަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި އެންމެފަހުގެ އަގު ސާފުކުރެއްވުމަށް  ބޭނުންފުޅުވާ ފަރާތްތަކުން  ރަސްމީ ގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނަށްގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.

29 ޖުމާދަލްއާޚިރާ 1434

09 މޭ 2013
ހޯދާ