މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށީ މަސްޖިދުލް އިނާރާ އޭސީ ކުރުމާގުޅޭ

އިޢުލާން

ކ ހިންމަފުށި މަސްޖިދުލް އިނާރާ އޭސީ ކުރުމާ ގުޅޭ

         ކ. ހިންމަފުށި މަސްޖިދުލް އިނާރާ އޭ.ސީ ކުރުމާއި ގުޅޭގޮތުން 09 މާރިޗް 2021 ގައި މިއިދާރާއިން ކުރެވުނު ނަންބަރު : 25(IUL)335-AS/335/2021/ އިޢުލާން ބާޠިލްކޮށް އަލުން މިރަށު މަސްޖިދުލް އިނާރާ އެސީކުރުމަށް ބޭނުންވާ އެސީ އާއި ކަރަންޓް ވައިރު ކުރުމަށް ބޭނުންވާ ތަކެތި، މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ސަޕްލައިކޮށް ހަރުކޮށްދޭނެ  ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

         ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މި އޮފީހުގެ އީމެއިލް [email protected]ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންވަމެވެ.

         މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މާރިޗު 2021
ހޯދާ