ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

 އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެކައުންޓްސް އެންޑް ފައިނޭންސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

3. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން، ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލިބިފައިވާ ޢާމްދަނީ ފައިސާ އަދި ޗެކް ޖަމާކުރުމަށް ބޭނުންވާ ޝީޓްތައް ތައްޔާރުކޮށް ފައިސާ އަދި ޗެކް ޖަމާކުރުމަށް ތައްޔާރުކުރި ޝީޓްތަކާއިއެކު އެމް.އެމް.އޭ އަށް ފޮނުވުން.
  2. ޕެޓީކޭޝް ފައިސާ ދޫކުރުމާއި ޚަރަދުވި ފައިސާގެ ބިލް، އެސް.އޭ.ޕީ ސިސްޓަމަށް އަޅާ، ކުރެވުނު ޚަރަދުތައް ރިޕްލެނިޝްކޮށް ޕެޓީކޭޝް ފްލޯޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
  3. ދުވަހުން ދުވަހަަށް ތިޖޫރީގައި ބަހައްޓާ ފައިސާއާއި ނަގާ ފައިސާގެ ރެކޯޑް ކޭޝް ބުކްގައި ނޯޓްކޮށް ތިޖޫރީ ބާކީކުރުމާއި ތިޖޫރީ ބެލެންސް ކުރުން
  4. ކޮންމެ ހަފްތާއެއް ނިމުމުން، ނިމުނު ހަފފްތާގެ ތިޖޫރީ ރިޕޯޓް ހެދުން
  5. ފަހުން ފައިސާ ދައްކާގޮތަށް ދެވޭ ޚިދުމަތްތަކުގެ ތެރެއިން ސިޓީ، ސްލިޕް އަދި ޕޯޓަލް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ޗެކްކޮށް ޢާމްދަނީ ބިލް ހެދުން އަދި ޑިސްޕެޗް ނޯޓަކާއެކު ޚިދުމަތްހޯދި ފަރާތްތަކަށް ބިލް ފޮނުވުން.
  1. ޢާމްދަނީ ބިލް ރަޖިސްޓްރީ އަޕްޑޭޓް ކުރުން.

މަޤާމުގެ ޝަރުތު

 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ

ފައިނޭންސް

ގުޅޭ ވަޒީފާގެ ދާއިރާ

 އެކައުންޓިންގ ، ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރިޗް 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ 04-01-E) އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2021 މާރިޗް 23 އާއި 30 އާއި ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.

 

10 މާރިޗު 2021
ހޯދާ