ދިވެހިރާއްޖެ
ނަންބަރު: 321/321/2021/49
އިޢުލާން
ބ. ތުޅާދޫން ދިރިއުޅުމަށްޓްކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި މި އިދާރާގެ ނަންބަރު 321/321/2019/63(IUL) (02 މެއި 2019) އާ ގުޅިގެން ފޯރމް ހުށަހެޅުއްވި ބ. ތުޅާދޫ / ލާޖަހާގެ، ޝަމްލާ ޢަބްދުއްރަޙްމާނުގެ ފޯރމްގައި އޭނާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ލިބިފައިނެތްކަމަށް ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތަކަށް ނުވާތީ ޝަމްލާ ޢަބްދުއްރަޙްމާނުގެ ފޯރމް ބާޠިލްކޮށް ދާއިމީ ލިސްޓުން އޭނާގެ ނަން އުނިކުރުކުރުމަށް 04 މާރިޗު 2021 ގައި ބޭއްވުނު ގޯތި ވިލަރެސްކޮމިޓީގެ 163 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
އަދި ދަންނަވަމެވެ. ބ.ތުޅާދޫ ކާމިޔާބުގޭ ޢަބްދުއްރަޝީދުގެ ނަން ދާއިމީ ލިސްޓްގައި ހިމެނިފައިނުވަނީ އިދާރީ ގޮތުން އޭނާގެ ބައްޕަ ގޯތި ( ކާމިޔާބުގެ) ބަހައިގެން އޭނާ އަށް ލިބިފައިވަނީ 600 އަކަފޫޓަށްވުރެ ބޮޑު ބައެއްކަމަށް ބަލައިގެންނެވެ. ނަމަވެސް ކޮމެޓީއިން އިތުރަށް ބެލިބެލުމުން އޭނައަށް ލިބޭބައި 600 އަކަފޫޓަށް ވުރެ ކުޑަކަން ކަށަވަރުވާތީ އޭނާގެ ނަން ދާއިމީލިސްޓްގައި ހިމެނުމަށް 04 މާރިޗު 2021 ގައި ބޭއްވުނު ގޯތި ވިލަރެސްކޮމިޓީގެ 163 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
25 ރަޖަބު 1442