މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ އިޖްތިމާއީ ސަރަހައްދު ކުނި ކެހުމަށް މުވައްޒަފުން ބޭނުން ވެއްޖެ

އިޢުލާން

 

 

      މި ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ ރަސްމާދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތަށް ނަގާ "ވެށިފާރަވެރިޔާ" މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މަޤާމް

ވެށިފާރަވެރިޔާ

ބޭނުންވާ އަދަދު

02

މުއްދަތު

01 އަހަރު

މުސާރަ

1000 ރުފިޔާ

ސާރވިސް އެލަވަންސް

600 ރުފިޔާ

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

02 ގަޑީއިރު ( ހެނދުނު 06:30 ން 08:30 އަށް

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ އިޖްތިމާއީ ސަރަހައްދު / ރ. ރަސްމާދޫ

މަޤާމުގެ އަސާސީ ޝަރުތު:

 

 

 

 

 

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން.

1- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1-ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް (އަމިއްލަ އިލޮށިފަތި މަށަންދަތި ފަދަ ތަކެތި ) ބޭނުން ކޮށްގެން ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން

 

2- ހާއްސަ މުނާޞަބަތުތަކަށާއި ރަސްމިއްޔާތުތަކަށް ވަކި ސަރަޙައްދެއް ސާފުކުރުމަށް ކައުންސިލުން އަންގަވައިފި ހިނދެއްގައި ކައުންސިލުން އަންގާ ގަޑިއަކަށް އެތަނެއް ސާފުކޮށް ތައްޔާރު ކޮށްދިނުން

 

3-އެދުވަހަކު ސާފުކުރާ ސަރަހައްދެއްގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެއްކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންނަށް އަންގައިގެން ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި ކޮންމެ ދުވަހަކު ނެގޭ ކުނި އެދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭކަން ކަށަވަރު ކުރުން

 

4-ކައުންސިލުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް ތަންފީޒު ކުރުމުގައި ކައުންސިލުން އަންގާ ކަންކަން ކުރިއަށް ގެންދިޔުން

 

5-މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރި ކަމާއި އެކު ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     ތަޢުލީމާއި ތަޖުރިބާ  އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން

2-     މަސައްކަތުގައި ގިންވަގުތު އުޅެވޭނެ ފަރާތްތައް

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 މާރޗް 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މާރޗް 2021

09 މާރިޗު 2021
ހޯދާ