ދިވެހިރާއްޖެ
ނަންބަރު : (IUL)-FSL/2021/02
ޕާރޓް ޓައިމް ލެކްޗަރަރއިން ހޯދުމާއި ގުޅޭ
2021 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ގައި ތިރީގައިވާ މާއްދާތައް ކިޔަވައިދެއްވާނެ ޕާރޓް ޓައިމް ބޭފުޅުން މި ފެކަލްޓީއަށް ބޭނުންވެއެވެ.
- QUR105 – Quran 1
- QUR209 – Quran 4
ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމަށްއެދި ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ކުރިން މިފެކަލްޓީގައި ކިޔަވައި ދެއްވާފައިވާ އަދި އެބޭފުޅުންގެ ކިޔަވައިދިނުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، ''ޕާޓް-ޓައިމް ލެކްޗަރަރ ރިކްއެސްޓު ފޯމް'' އާއިއެކު މިފެކަލްޓީގެ މެއިލް ([email protected]) އަށް ހުށަހެޅުއްވުން އެދެމެވެ. ތިރީގައިވާ ލިންކުން މި ފޯމް ލިބެންހުންނާނެވެ.
shorturl.at/hmuGW
- އައި.ޑީ ކާޑު / ޕާސްޕޯޓް ގެ ކޮޕީ
- ލިބިފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
- ޕާޓް-ޓައިމް ލެކްޗަރަރ ރިކްއެސްޓު ފޯމް
25 ރަޖަބު 1442
09 މާރިޗް 2021