ދިވެހިރާއްޖެ
ކުނީ މެނޭޖްކުރުމުގެ ޙިދުމަތަށް ޕިކަޕެއް ހޯދުމާއިބެހޭ
މިއިދާރާއިންކޮށްފައިވާ އިޢުލާން ( ނަންބަރ: 276-A/2021/40 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިއިދާރާއަށް ކުނިމެނޭޖްކުރުމުގެ ޙިދުމަތަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް މިއިދާރާއިން ދެންވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2021 ވާ ބުދަ ދުވަހުގެ 12:00 އަށް މިއިދާރާއަށްދުރުވެ މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު، 22 މާރޗް 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ. އަދި ދަންނަވަމެ، މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑް އަދި ކުންފުނި ނުވަތަ ފިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި ވަޑާގަންނަވާއިރު ވެރިފަރާތުގެ ސިޓީ ހުށައެޅުމަށްވެސް ދަންނަވަމެވެ.