ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 މާރިޗު 2021 09:28 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: GS61/IUL/2021/04
ތާރީޚް: 08 މާރޗް 2021
އިޢުލާން
އެކްޓިވިޓީ ޔުނިފޯރމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
01 އެޕްރިލް 2021 އިން ފެށިގެން 01 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް، ސްކޫލުންދައްކާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން: 16 މާރޗް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ށް މަރަދޫފޭދޫ ސްކޫލަށް
* އަންދާސީ ހިސާބު ހުށަހެޅުން: 23 މާރޗް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ށް މަރަދޫފޭދޫ ސްކޫލަށް
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.