ދިވެހިރާއްޖެ
އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން "އިންކަމް ޓްކްސް އެވެއަރނަސް ޕްރޮގްރާމް" ގެ ނަމުގައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 2021 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ވިޔަފާރިތަކާއި، ސްކޫލްތަކަށާއި އާމްދަނީލިބޭ އެންމެހައި ފަރާތްތަކަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރިޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިވާތީވެ، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ޙާލަތަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮގްރާމް ކުރިޔަށްގެންދެވޭނެއެވެ.
ވީމާ، އިންކަމް ޓެކްސް އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައި ނުވަތަ މީރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި، ވިހާވެސް އަވަހަކަށް ނަން ނޯޓުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.
23 ރަޖަބު 1442