| މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
| ބޭނުންވާ އަދަދު: |
01 |
| މަޤާމުގެ ގިންތި: |
ދާއިމީ |
| ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ |
| މުސާރަ: |
-/4465ރުފިޔާ |
|
ސަރވިސް އެލަވަންސް:
|
-/1500ރުފިޔާ |
| ސަޕޯޓިންގ ކޯއެލަވަންސް: |
/-700ރުފިޔާ |
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ޕްރީސްކޫލް މުވައްޒަފުންގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރަ ޝީޓް ހެދުން
- ކައުންސިލްގެ މުނިސިޕަލް ހިދުމަތުގެ ހުރިހާ މުވައްޒަފުންގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރަ ޝީޓް ހެދުން
- ޕްރީ ސްކޫލް މުވައްޒަފުންގެ ހާޟިރީ އާއި މުނިސިޕަލް ޚިދުމަތްތަކުގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން
- ބިދޭސީ މުވައްޒަފުންގެ ވޯކްވިސާގެ އެންމެހައި ކަންކަން ބެލެހެއްޓުން
- މުނިސިޕަލް ހިދުމަތްތަކަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯދުމަށް އެހީތެރިވެދިނުން
- އިޖުތިމާޢީ ސަރަހައްދުތަކާއި ޕާކްތަކާއި ބަނދަރު ސަރަހައްދު ސާފުކުރުމުގެ އިންތިޒާމް ހަމަޖެއްސުން
- ރައްޔިތުންގެ ވިޔަފާރީގެ ޕްރޮކިއުމަޓްގެ ކަންކަމަށް އެހީތެރިވުން
- ރައްޔިތުންގެ ނަމުގައި ހިންގޭ ވިޔަފާރީގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން
- މުނިސިޕަލް ޚިދުމަތް ދިނުމަށް ބޭނުންކުރާ ވެހިކަލްގެ އިދާރީ އެންމެހައި ކަންކަން ބެލެހެއޓުން
- ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނަށާއި ކައުންސިލަރުންނަށް އެހީތެރިވެދިނުން
|
| މަޤާމުގެ ޝަރުޠުތައް: |
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ ދާއިރާ: އެޑްމިނިސްޓްރޭޝަން |
| ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
|
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރޗް 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މާލެއަތޮޅު ތުލުސްދޫ ކައުންސިލް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
| އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 މާރޗް 16އާއި 2021 މާރޗް 21 އާއި ދެމެދު ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގައެވެ. |
| އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640183 ނަންބަރު ފޯނާއެވެ. |