އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމިޝަނުގެ ރަސްމީ ގަޑި ބަދަލުވުމާއި ކޮމިޝަނުން ދެމުންދާ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ
(IUL)38-AA/38/2020/90 :ނަންބަރު
އިޢުލާނު
7 މާރިޗް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ޢާންމު ފަރާތްތަކުން މި ކޮމިޝަނަށް ހާޟިރުވެގެން ޚިދުމަތް ހޯއްދެވުމުގެ ފުރުޞަތު ހުޅުވާލުމަށް، މި ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
އެހެންކަމުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް މި ކޮމިޝަނުން ޢާންމު ފާރާތްތަކަށް ޚިދުމަތްދެމުން ގެންދާނީ، އިންތިޚާބާބެހޭ މަރުކަޒު ބައުޖަމާލުއްދީންއިން ކަމުގައި ދެންނެވީމެވެ.
އަދި މިދެންނެވުނު ގޮތަށް ކޮމިޝަން ހުޅުވާލެވުނު ކަމުގައި ވިޔަސް ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށްވެސް ލިޔެކިޔުން ފޮނުވޭނެކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންކޮށް އަންގައި އިޢުލާން ކުރަމެވެ.
22 ރަޖަބު 1442
06 މާރިޗު 2021
ހޯދާ
