ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް: އެކައުންޓްސް އޮފިސަރ

މަގާމުގެ ރޭންކް: އެމް.އެސް 2

ޑިޕާޓްމަންޓް: އެކައުންޓްސް އެންޑް ފައިނޭންސް

ތަޢުލީމާ ތަޖުރިބާ:

1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޖެޓް ބާކީ ޖެހުމަށް ގެނެވޭ އެޕްރުވަލްތައް ޗެކްކޮށް ބަޖެޓް ބާކީ ޖެހުމާއި ބަޖެޓް ބެލެހެއްޓުން
  2. ކްރެޑިޓަށް މުދާ ހޯދާފައިވާ އަދި ޙިދުމަތް ހޯދާއެކި ފަރަތްތަކުން ލިބޭ ބިލްތަކަށް ފައިސާދެއްކުމަށް ޕޭމަންޓް ވައުޗަރ ހެދުން އަދި ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން
  3. އެސް އޭ ޕީ ސިސްޓަމަށް ޕޭމަންޓް ވައުޗަރ އެޅުން
  4. އެސް އޭ ޕީ ސިސްޓަމްގައި ޕާރކްކުރެވިފައިވާ  ޕޭމަންޓް ވައުޗަރ ޗެކްކުރުން
  5. ހެދިފައިވާ ޕީ. އޯ އަށް ބިލް ލިބިފައި ނުވާ ފަރާތްތަކަށް ގުޅާ، ބިލް ހޯދައި ބިލަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރުން
  6. ހެދިފައިވާ ޕޭމަންޓް ވައުޗަރތައް ޕޯސްޓްކުރެވުމުން ޕޭމަންޓް ވައުޗަރ ރަޖިސްޓްރީއަށް އަޅައި ބިލަށް ފައިސާ ދެއްކުމުން އެލް.ޓީ ނަންބަރ އަޅާ ރަޖިސްޓްރީ އަޕްޑޭޓްކުރުން އަދި ވެންޑަރއަށް އަޕްޑޭޓް ދިނުން
  7. ކްރެޑިޓަރުންގެ ފަރާތުން އަންނަ އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގައި ހުރި ބިލްތަކަށް ފައިސާ ދެއްކިފައިވާ ބިލްތަކާއި ބިލް ނުދެއްކި ހުރި ބިލްތަކުގެ ސްޓޭޓަސް އެފަރާތްތަކަށް ޖަވާބުދާރީވުން
  8. ކޮންމެ މަހެއްގެވެސް އެންމެ ފަހު ބިލް ޕޯސްޓްކޮށް ނިމުމުން އެސް.އޭ.ޕީ ސިސްޓަމުން ނަގާ  އެފް އެމް ރިޕޯޓް އަދި މަސްދުވަހު ރިލީސްކުރެވުނު  ޕީ އޯ ރިޕޯޓްއަށް ރިއާޔަތްކޮށް ތިރީގައި ބަޔާކުރެވިފައިވާ ޚަރަދު ރިޕޯޓްތައް ހެދުން
  9. ކޭޝް ފްލޯއަށް ދޫކުރެވިފައިވާ ބަޖެޓްގެ ޚަރަދު ރިޕޯޓް.
  10. ފައިނޭންޝިއަލް ސްޓޭޓްމަންޓް ހެދުމަށް ބޭނުންވާ ޚަރަދު ރިޕޯޓް.

މުސާރައާއި އިނާޔަތް :

މުސާރަ:             6295.00 ރުފިޔާ

ސަރވިސް އެލަވަންސް:     2000.00 ރުފިޔާ

ރިސްކް އެލަވަންސް:      75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ (މަހަކު)  ނުވަތަ

 ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު)

ކުރިމަތިލުމުގެ ސުންގަޑި: 11 މާރިޗް 2021 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134   ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 މާރިޗު 2021
ހޯދާ