ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ
ނަމްބަރު: IAS/MIS/2021-287
އިޢުލާން
މިކުންފުނީގައި ގިނަދުވަހު ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 8 މާރިޗު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ނީލަންކިޔާ ތަކެތި ދައްކާލުން އޮންނާނެއެވެ. އަދި ނީލަންކިއުން އޮންނާނީ އެދުވަހުގެ 14:15ގައި ކަމަށްވާތީ، ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެދުވަހުގެ 14:00 އަށް އައިލެންޑް އޭވިއޭޝަންގެ މައި އޮފީހަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންނަ ފަރާތްތަކަށް ތަކެތި ބެލުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.
އަދި، 14:15 ގައި އޮންނަ ނީލަމުގައި ބައިވެރިވެވޭނީ 14:00 ގައި ނީލަމުގައި ދައްކާތަކެތި ބަލާލުމަށް ދުރުވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އާ ދެމެދު 3335566އާ ގުޅުއްވުން އެދެމެވެ.
20 رَجَب 1442
04 މާރިޗު 2021