ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަގުތަކާއި ގޯޅިތަކަށް އަރައިގެން ނަގަންޖެހޭ ރުއްގަހާއި ގުޅޭ

ބައެއް މަގުތަކާއި ގޯޅިތަކަށް އަރައިގެން ނަގަންޖެހޭ ރުއްގަހާއި ގުޅޭ

2020 ވަނައަހަރު މިރަށުން ދޫކޮށްފައިވާ 20 ގޯތި ހިމެނޭ ސަރަހައްދުގެ މަގުތަކާއި، ގޯޅިތަކަށް  އަރައިގެން ނަގަންޖެހޭ ރުއް ގަހުގެ ތެރެއިން ބައެއް ރުއްގަހުގައި، ( C-1  ން C-46  ށް ) ފެހި ކުލައިގެ ދަވާދުން މި އިދާރާއިން ނަންބަރު ޖަހާފައި ވާނެއެވެ.

 

ވީމާ، ދަންނަވާފައިވާ ސަރަހައްދުގައި މަގުތަކާއި، ގޯޅި ތަކަށް އަރާގޮތަށް (މިއިދާރާއިން ނަންބަރު ޖަހާފައިވާ) ރުއްގަހުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް، ނުވަތަ ގަހެއް ހުރިނަމަ 15 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ރުއްގަހުގެ  ވެރިފަރާތުން ލިޔުމުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. (ހުށަހަޅަން ޖެހޭ ލިޔުމުގެ ނަމޫނާ މިއިދާރާއިން ލިބެން ހުންނާނެއެވެ.)

ހުށަހެޅުންތައް ބަލައިގަތުން އޮންނާނީ 07 މާރިޗު 2021 ވާ އާދީއްތަ ދުވަހުން ފެށިގެން، 15 މާރިޗު 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00 ށެވެ.

ދަންނަވާފައިވާ ތާރީޚާއި ހަމައަށް މިދެންނެވި ސަރަހައްދުގައި ހުރި ރުއްގަހުގެ ތެރެއިން އެއްވެސް ފަރާތަކުން ލިޔުން ހުށަހަޅާފައި ނުވާ ރުއްގަހަކީ ވެރިފަރާތެއް ނުވާ ރުއްގަސް ކަމަށްބަލައި ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާއެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2021
ހޯދާ