ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހާބަރ މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެސިސްޓެންޓް ހާބަރ މާސްޓަރ

ބޭނުންވާ ޢަދަދު:    02

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 250/- (ދުވިސައްތަ ފަންސާސް) ރުފިޔާ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު ޝިފްޓް ޑިއުޓީ އުޞޫލުން.

{ފުރަތަމަ ޝިފްޓް ހެނދުނު 08:00 އިން ހަވީރު 16:00}

{ދެވަނަ ޝިފްޓް ހަވީރު 16:00 އިން ދަންވަރު 00:00 އަށް}

ތަޢްލީމީ ފެންވަރު:

ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، އިދާރާއިން ދޭ އިމްތިޙާނާއި އިންޓަރވިއު އިން ފާސްވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގުމާއި އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަނދަރު ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްކުރުމާއި ރިޕޯޓް ކުރުން.
  2. އިދާރާއިން ކުރިޔަށް ގެންދާ ދޮންވެލި ވިއްކުމުގެ ޕްރޮގްރާމުގެ ރެކޯޑްތައް ބެލެހެއްޓުމާއި، ސުޕަރަވައިޒަރުން އަންގާ ގޮތެއްގެ މަތިން އުޅަނދުތަކަށް ދޮންވެލި ބަރުކުރެވޭ މިންވަރު ގުނައި ޙިސާބުކޮށް ރެވެނިއު އޮފިސަރަށް ރިޕޯޓްކުރުން.
  3. ބަނދަރުގެ ފައްތިޔާތައް ބޭނުން ކުރަމުންދާ ގޮތް މޮނިޓަރުކޮށް ބެލެއްހެއްޓުން.
  4. ބަނދަރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ތިނަދޫ ކައުންސިލުން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ފަޅުތެރޭގައި އުޅަނދުފަހަރު ބަނދަރުކުރަމުންދާ ގޮތް ބެލެހެއްޓުމާއެކު، ޤަވާޢިދާއި އެއްގޮތަށް ބަނދަރު ކުރުމަށް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިންނަށް އިރުޝާދުދިނުން.
  5. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

14 މާރިޗް 2021 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

02 މާރިޗު 2021
ހޯދާ