ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2021/03
ޑޭޓާ ވިޝުއަލައިޒޭޝަންއަށް ބޭނުންވާ ތަކެތި ހޯދުމަށް:
މިސަރވިސް އިން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2021ޖެނުއަރީ 25 ގައި ކޮށްފައިވާ، ނަމްބަރު MMS-A/2021/02 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކަކީ އެކަށީގެންވާ އަންދާސީ ހިސާބު ތަކަކަށް ނުވާތީ އެޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 މާރިޗު 08 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 މާރިޗު 09 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސް ޕްރޮޖެކްޓް ޔުނިޓްގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަތާރްތަކުން ހުޅުލޭގައި ހުންނަ މިސަރވިސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް "ޕްރޮކިއުމަންޓް އޮފް ގުޑްސް ފޮރ ޑޭޓާ ވިޝުއަލައިޒޭޝަން" މިހެން ޖެއްސެވުމަށްފަހު އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.
- ބިޑު ހުށަހަޅާ ފަރާތް
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަމްބަރ
- އީމެއިލް އެޑްރެސް
- އީމެއިލް ސަބްޖެކްޓް: Procurement of goods for data visualization
މި އިއުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
19 ރަޖަބު 1432