ދިވެހިރާއްޖެ
މަލަންމަގުގެ ދެކުނުން ދޮންބަންޑާރަ ހިނގުމުގެ (އެއަރޕޯޓަށް ދާ ތާރުއެޅިމަގު) އިރުމަތި ފަޅީގައި ރަތް ކުލައިން ނަންބަރު ޖަހާފައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގައި 2019 އޮކްޓޫބަރު 31 ގެ ކުރިން ނަންއެޅުމަށްފަހު ލިސްޓް މި އިދާރާއަށް ހުށައެޅުމަށް މި އިދާރާގެ ނަންބަރު: (IUL)318-FB/2019/37 (2019 އޮކްޓޫބަރު 10) އިޢުލާން ކުރުމުންވެސް ލިސްޓް ހުށައަޅާފައިވަނީ ބައެއް ފަރާތްތަކުންނެވެ. ވީމާ، މި ސަރަހައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގައި ނަންއެޅުމަށްފަހު މި އިދާރާއަށް ލިސްޓް ހުށަހަޅާފައިނުވާ ފަރާތްތަކުން 2021 މާރިޗް 11 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިސްޓް ހުށައެޅުމަށް ދެންނެވީމެވެ. މި މުއްދަތުގައި ލިސްޓް ހުށަނާޅައިފިނަމަ އެ ސަރަހައްދުގައި އިތުރު ފަރާތްތަކުގެ ރުއްގަސް ނެތްކަމަށް ބެލޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އެއްވެސް ރުކެއް، ގަހެއްގައި އެހެން ފަރާތެއްގެ ނަމެއް ނަންބަރެއް ހުރި ކަމުގައި ވީނަމަވެސް އެ ނަމެއް ކަނޑާ، ފޮހެ ނުހެދުމަށްވެސް ދެންނެވީމެވެ.