ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިކަލް ރެކޯޑްސް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ. 

އެސިސްޓެންޓް މެޑިކަލް ރެކޯޑްސް އޮފިސަރ

މަޤާމް:

J-281833

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ  

މަޤާމުގެ ގިންތި:

ޖީ އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޅ. އަތޮޅު ހޮސްޕިޓަލް      

ވަޒީފާ އަދާކުރަންޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް 700.00 ރ

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިހެން އެލަވަންސް:

  • ހޮސްޕިޓަލުގައި ރަނގަޅު ފެންވަރެއްގެ މެޑިކަލް ރެކޯޑް ސިސްޓަމެއް ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ހޮސްޕިޓަލާއި، ސިއްޙީމަރުކަޒުތަކުގެ ތަފާސްހިސާބުގެ އަދާއިހަމަ ތަފްސީލް ހޮސްޕިޓަލް ހިންގަވަން ހުންނަވާފަރާތަށް ކޮންމެ ހަފްތާއެއްގެ ރަސްމީ ބަންދުނޫން ފުރަތަމަ ދުވަހު ހިއްސާކުރުން.
  • ހޮސްޕިޓަލާއި، ސިއްޙީމަރުކަޒުތަކުގެ ތަފާސްހިސާބުގެ އަދާއިހަމަ ތަފްސީލް ހޮސްޕިޓަލުގެ ކްލިނިކަލް ސާރވިސްގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކޮންމެ ހަފްތާއެއްގެ ރަސްމީ ބަންދުނޫން ފުރަތަމަ ދުވަހު ހޮސްޕިޓަލުގެ މެޑިކަލް ސާރވިސް ޝެކްޝަނަށް ހިއްސާކުރުން ހިއްސާކުރުން.
  • ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަކުގެ ތަފާސްހިސާބުތައް ޤަވާޢިދުން އެއްކޮށް ބެލެހެއްޓުމާއި ފާއިތުވިއަހަރުގެ ޑޭޓާތަށް ޢާއްމުކޮށް ފެންނަ ގޮތަށް ބެހެއްޓުން.
  • މެޑިކަލް ރެކޯރޑްސް އާއި ގުޅިގެން ، ދުވަހުން ދުވަހަށް، މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢްލޫމާތުތައްއެއްކޮށް ފުރިހަމަކޮށް ޤަވާޢިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފޮނުވުން.
  • މެޑިކަލް ރެކޯރޑްސްއާއި، އަދި ބަލިތަކުގެ ކޯޑިންގެ ކޮލިޓީ ހިފެހެއްޓުމަށް ކުރަންޖެހޭ މޮނިޓަރިންގއާއި، އިވެލުއޭޝަންތައް ޤަވާޢިދުން ހެދުން.
  • ޚިދުމަތް ހޯދާމީހުންގެ މެޑިކަލް ރެކޯރޑްސް ސިސްޓަމަށް ޤަވާޢިދުން ރެކޯރޑްސްތައް އެންޓަރކުރޭތޯ ބަލާ، އިންފޮރމޭޝަން ސިސްޓަމްއަށް މައްސަލެއް ދިމާވެއްޖެނަމަ ވަގުތުން ވަގުތަށް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯރޓްކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.
  • މެޑިކޯ ލީގަލް ކޭސްތަކަށް ބޭނުންވާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
  • ހޮސްޕިޓަލުގެ "ވިހާމަރުވާ'' ފޯރމްތައް ރަނގަޅަށް ޗެކްކޮށް، ފޮނުވަން ޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުމާއި ރެކޯރޑް ބެލެހެއްޓުން.
  • ފަސޭހައިން ހޯދޭފަދަ އިންތިޒާމެއްގެ ދަށުން މެޑިކަލް ރެކޯރޑްސްތައް ފައިލްކޮށް ބެލެހެއްޓުން.
  • ނުރައްކާތެރި ބަލިބައްޔާއި ނޮޓިފައިބަލް ޑިޒީޒް ޤަވާޢިދުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަމުންދޭތޯ ދުވަހުން ދުވަހަށް ބަލާ ސްޕަރވައިޒްކުރުން.
  • ހޮސްޕިޓަލް / ޞިއްޙީމަރުކަޒުގައި ބޭނުންކުރާ މެޑިކަލް ރެކޯރޑްސް ހިމެނޭ ސޮފްޓްވެއަރތައް ބޭނުންކުރާފަރާތްތަކަށް އެހީތެރިކަން ދިނުމާއި އެމަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ގައި ތިބި ނަމަ އެމަސައްކަތްތައް ކުރުން.
  • މެޑިކަލް ރެކޯރޑްސް އަށް ބޭނުންވާ ފޯމެޓްތައް ކަމާއި ގުޅޭ ސެކްޝަން ތަކުގެ ޚިޔާލާއި ލަފާގެ މަތިން ތައްޔާރުކޮށް ޚިދްމަތަށް ދަތިނުވާނެ ގޮތުގެމަތިން ހުސްވިޔަ ނުދީ ބެލެހެއްޓުން.
  • މެޑިކަލް ރެކޯރޑްސް އަކީ ސިއްރެއްކަން ދެނެގަތުން.
  • ސަރުކާރުގެ އެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސް ހިސާބުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ފޮނުވުން.
  • ޕަބްލިކް ހެލްތް ޔުނިޓުން ތައްޔާރުކުރަންޖެހޭ މެޑިކަލް ރެކޯރޑްސް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ރެކޯރޑް ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން ލައްވާކުރުވުމާއި އެމަސައްކަތް ގަވާއިދުން ކުރަމުންގެންދޭތޯބެލުން.
  • ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސް ސިސްޓަމް ހިނގާ ނުހިނގާގޮތް ބަލާ އިސްވެރިންގެ ލަފާގެ މަތިން ތަރައްޤީކުރުމަށް މަސައްކަތް ކުރުން.
  • ދުވަހުން ދުވަހަށް ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމްގެ ބެކަޕްނަގާ ބެލެހެއްޓުން.
  • އެއްވެސް ކަހަލަ ރޯގާއެއް އުޅޭނަމަ ކަމާއިބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުމުގައި އިސްވެރިންނަށް އެހީތެރިވުން.
  • ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ހޮސްޕިޓަލްގެ އެކިދާއިރާތަކަށް ތަފާސް ހިސާބުދިނުން.
  • ހޮސްޕިޓަލްގެ އިދާރީ މަސައްކަތް ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރުން.
  • ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި، އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.
  • އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ޙަވާލުވެ ކުރުން.
  • ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
  • މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް " ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުތުތައް:

-          އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ޙާޞިލްކޮށްފައިވާ ތަޢުލީމް

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-          އިމްތިހާން / ޕްރެކްޓިކަލްސް

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން                           

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ 15 މާރިޗު 2021 ން  25 މާރިޗު 2021 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620151  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  ([email protected] )   އަށެވެ.

އިތުރު މަޢްލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620151  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  ([email protected] )   އަށެވެ. މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

03 މާރިޗު 2021
ހޯދާ