ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީ ގެ އެޕްލިކޭޝަން ދޫކުރުން:

ނަންބަރު:  120/1/2021/20(iul)

އިޢުލާން

 

2120 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުން:

2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން ކުރިއަށްދާނީ 2021 މާރިޗު 03 – 11 ށް މިޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި (ހ. އަސްރަފީވިލާ، ދެވަނަ ފަންގިފިލާ/ މަޖީދީމަގު) ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.

މިއަހަރުގެ މެއި/ޖޫން ގެ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީ ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެއީ ނޯމަލް އެންޓަރީއަށް ލިބިފައިވާ ވަގުތު ކުޑަވުމުގެ ސަބަބުންނެވެ.

ފޯމު ދޫކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. 

18 ރަޖަބު   1442

02 މާރިޗު  2021

02 މާރިޗު 2021
ހޯދާ