|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު:
|
(IUL)201-A/1/2021/7
|
ތާރީޚް:
|
1 މާރިޗް 2021
|
|
މަޤާމް:
|
އެއާޓްރާންސްޕޯޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެއާޓްރާންސްޕޯޓް ސެކްޝަން
|
މުސާރަ އާއި އެލަވަންސް:
|
11,540.25 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
1. އޭލެވަލް އިކޮނޮމިކްސް އާއެކު އޭލެވަލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ދިވެހިރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކަށް އޮޕަރޭޓިންގް ޕާރމިޓް އާއި ޓްރެފިކް ރައިޓްސް ދިނުމާ ބެހޭ މަސައްކަތް
- ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އޮޕަރޭޓަރުންނަށް ދޭންޖެހޭ އޮޕަރޭޓިންގް ޕާރމިޓާއި ފްލައިޓްކްލިއަރަންސް ދިނުން
- ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްއެދޭފަރާތްތަކުގެ އެއާލައިންތަކުގެ މާލީ ހާލަތު ދެނެގަތުމާއެކު، އެފަރާތަކީ މާލީގޮތުން ދެކޮޅުޖައްސައިގެން އެއާލައިންގެ ޚިދުމަތްދެވޭނެ ފަރާތެއްތޯ ކަށަވަރުކުރުން
- ރާއްޖޭގައިދެވޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް ދިރާސާކޮށް، ރެގިއުލޭޓް ކުރަންޖެހޭ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން
- ރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވިއްކާ ފަރާތްތަކުގެ އޮފީސްތަކުގެ އޮޑިޓްކުރުން
- ރާއްޖޭގެ ބައިންލް އަގްވާމީ އެއާޕޯޓް ތަކުގައި ދެވޭ ޚިދުމަތްތަކަކީ އައިކާއޯ ގެ އެނެކްސް 9 "ފެސިލިޓޭޝަން" ގައި ބަޔާން ކޮށްފައިވާ މިންގަޑުތަކާ އެއްގޮތަށް ދެވޭ ޚިދުމަތްތަކެއްތޯ ބަލައި އޮޑިޓްކުރުން
- ނޭޝަނަލް ފެސިލިޓޭޝަން ޕްރޮގްރާމް ތަންފީޒް ކުރުން
- ރާއްޖޭގެ އެއާޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓްކުރުން
- ރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ވައިގެދަތުރުފަތުރާއިބެހޭ އެގްރީމަންޓްތަކާއި ބައިވެރިވާ މުއާހަދާތަކާއި ބެހޭ މަސައްކަތުގައި އެހީތެރިވުމާއި މަސައްކަތްކުރުން
- ރާއްޖޭގައި ގާއިމު ކުރެވިފައިވާ ބޭރުގެ އެއާލައިން ތަކުގެ ކަންތައްތައް ކޯޑިނޭޓް ކުރުން
|
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
އޭވިއޭޝަން ދާއިރާގައި މަޤާމުގެ މަސައްކަތާގުޅޭ ތަޖްރީބާ
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
14 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 1400 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.
|
ހުށަހަޅަންޖެހޭ ލިޔުން
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|
ނޯޓް:
|
- އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
|
|
|
|
|