މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޭ.އެން.އެސް އިންސްޕެކްޓަރ (އޮޕަރޭޝަނަލް)

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:

IUL)201-A/1/2021/6  

ތާރީޚް:

1 މާރިޗް 2021

 

މަޤާމް:

ސީނިއަރ އޭ.އެން.އެސް އިންސްޕެކްޓަރ (އޮޕަރޭޝަނަލް)

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މުސާރަ އާއި އެލަވަންސް:

42,142.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1. އޭ ޓީ ސީ ލައިސަންސްއެއް 3 ރޭޓިންގ އާާއިއެކު ލިބިފައި އޮތުން

-  މަދުވެގެން 8 އަހަރު ދުވަހު އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ އޭ އެން އެސް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

-       ކޮންވެންޝަން އޮން ސިވިލް އޭވިއޭޝަން އެނެކްސް 15 ގައިވާ ގޮތުގެ މަތީން، ވައިގެ ދަތުރުފަތުގެ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށާއި ވައިގެ ދަތުރުފަތުގެ ސަލާމަތްކަމަަށް ދޭންޖެހޭ ވައިގެ ދަތުރުފަތުރުގެ މަޢުލޫމާތު ދިނުމަށްޓަކައި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސް ސެކްޝަން އަންގަވާ ގޮތުގެ މަތީން މިދަންނަވާ ކަންތައްތައް ކުރުން.

  1. އެއާ ނެވިގޭޝަންގެ ހިދްމަތްދޭ މަރުކަޒުތަކާއި ފަރާތްތަކުގެ ސަލާމަތީ ބެލެހެއްޓުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި  އެއްގޮތަށް ހުއްދަދީ ބެލެހެއްޓުމުގައި އެއާނެވިގޭޝަން އެންޑް އެރޮޑްރޯމްސްގެ އިސްވެރިޔާއަށް އެހީތެރިވެ ދިނުން
  2. އެއާ ނެވިގޭޝަންގެ ހިދްމަތްދޭ މަރުކަޒުތައް އިންސްޕެކްޓްކޮށް އަދި އެތަންތަން ހިނގަނީ ސިވިލް އޭވިއޭޝަންގެ ޤަވާއިދު ތަކާއި އެއްގޮތަށްތޯ ބަލާ ވަގުތުން އަޅަން ޖެހޭ ފިޔަވަޅު އަޅާ  އެއާނެވިގޭޝަން އެންޑް އެރޮޑްރޯމްސްގެ އިސްވެރިޔާގެ ސަމާލުކަމަށް މިކަންކަން ގެނައުން
  3. ދިވެހިރާއްޖޭގައި ދިމާވާ މަދަނީ ވައިގެ އުޅަނދުގެ އެކްސިޑެންޓާއި އިންސިޑެންޓާއި އަދި އޮކަރަންސް، ހިނގަންދިމާވި ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުމުގައި އެއާނެވިގޭޝަން އެންޑް އެރޮޑްރޯމްސްގެ އިސްވެރިޔާއަށް އެހީތެރިވެދިނުން
  4. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއާ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން
  5. ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލާ ތަޙުޤީޤު ކުރުމުގައި ބައިވެރިވުން
  6. އެއާ ނެވިގޭޝަން އާއިގުޅޭ ކަންކަމުގައި ބޭރުގެ ޖަމާއަތްތަކާ (އައިކާއޯ، ކޮސްކެޕް ފަދަ) ހިންގަންޖެހޭ މުއާމަލާތުގައި އެއާނެވިގޭޝަންގެ އިސްވެރިޔާއަށް އެހީތެރިވެދިނުން
  7. އަދި މިނޫން ވެސް އެއާނެވިގޭޝަން އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނިންގ އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

14 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 1400 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
       

 

 

01 މާރިޗު 2021
ހޯދާ