ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ލޭބަރަރ (ކާޕެންޓަރ)، ޖެނެރަލް ވޯކްސް ނަންބަރު: AIA-HR/ADM/IL/2021/01
ބޭނުންވާ އަދަދު: 1
- · އަސާސީ މުސާރައިގެ އިތރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 50 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
- އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
* ވަޑާންކުރުމާބެހޭ މަރާމަތުގެ މަސައްކަތް ކުރުމާއިއެކު އެއާރޕޯޓްގެ އެތެރެ އާއި ބޭރުގައިކުރަންޖެހޭ މަރާމަތުތަށްކުރުން.
* ކޮންސްޓްރަކްޝަން މަސައްކަތެއްގައި ހަލާކުވެފައިވާ ތަންތަންކޮޅު ވަކިކޮއްލުން.
* ކުޑަދޮރުހަރުކުރުމާއި މުށިޖެހުން ފަދަ މަސައްކަށްކުރުން.
* ދޮރު،ފަރުނީޗަރ އަދި ކުޑަދޮރުފަދަ ތަކެތި މަރާމާތުކުރުމާއި ހަރުކުރުން.
* މީގެ އިތުރުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތަށް ކުރުން
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.