އިންޓާންޝިޕް ފުރުޞަތު
|
ތާރީޚް
|
28 ފެބުރުވަރީ 2021
|
ނަންބަރު
|
(IUL)168-CA/1/2021/21
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
ޔުނިޓް:
|
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އައި.ޓީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
|
މައިގަނޑު މަސައްކަތް:
|
- Prepare requirement/specification sheet for IT needs
- Troubleshoot PC’s both hardware and software
- Troubleshoot Network
- Troubleshoot Telephones
- Installing and setting windows and other application software on computers
- Installing and setup printers and scanners
- Active directory management (windows server)
- Update and maintain WordPress website
- Setup stations for online meetings
- The above tasks to be carried out under guidance and instructions from IT officer.
|
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
މައިގަނޑު މަސައްކަތް:
|
- މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކުރުން
- މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރަތް ކުރުމަށްފަހު، އެއިދާރާތަކަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމުގައި އެހީތެރިވުން
- ޑިރެކްޓަރުގެ ލަފާއާއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމުގައި އެހީތެރިވުން
- މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުންހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައްވުން.
- ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މަސައްކަތާ ގުޅޭގޮތުން މީޑީޔާ ޕްރޮގްރާމްތަކަށް މައުލޫމާތު ދިނުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްކުރުން
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން އަދި އިދާރީ މަސައްކަތްކުރުން
- ކޮމިޝަނުން ފާސްކުރާ ރިޕޯޓްތައް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުން
- މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
އިންވެސްޓިގޭޝަން ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
03 (އެންޓި ޓޯޗަރ ސެކްޝަން: 01 އިންޓާން، އިންވެސްޓިގޭޝަން ސެކްޝަން: 02 އިންޓާން)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
- ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
- ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.
|
މައިގަނޑު މަސައްކަތް:
|
- އިންވެސްޓިގޭޝަން ދަތުރުތަކުގައި ބައިވެރިވުން
- އިންވެސްޓިގޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
|
ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
03 (ލީގަލް މަސައްކަތްތައް ކުރުމަށް: 02 އިންޓާން، ޕޮލިސީ މަސައްކަތްތައް ކުރުމަށް: 01 އިންޓާން)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- ޤާނޫނީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
- ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
- ޕޮލިސީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތައް
- ޕޮލިސީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
|
މައިގަނޑު މަސައްކަތް:
އިންޓަރން – ޕޮލިސީ
|
- ދައުލަތުގެ އިދާރާތަކުގައި އަމަލުކުރެވެމުންދާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ސިޔާސަތުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތައްތޯ ބަލައި، ޕޮލިސީ ރިވިއުތައް އެކުލަވާލުން.
- ދައުލަތުގެ އިދާރާތަކުން އަލަށް އެކުލަވާލާ ސިޔާސަތުތަކާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި އިންސާނީ ޙައްޤުތަކުގެ ނަޒަރަކުން ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި ޕޮލިސީ އޮފިސަރުންނަށް އެހީތެރިވެދިނުން.
- ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ޕޮލިސީ އޮފިސަރުންނަށް އެހީތެރިވެދިނުން.
- އަދި މިނޫންވެސް މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެކި މަސައްކަތްތަކާއި ޙަރަކާތްތަކުގައި ބައިވެރިވުން.
|
މައިގަނޑު މަސައްކަތް:
އިންޓަރން – ލީގަލް
|
- ޤާނޫނާއި، ޤަވާޢިދާއި، އިދާރީ އުޞޫލުތައް އެކުލަވާލުމުގެ މަރުޙަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތަކާއި ބެހޭގޮތުން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ މުވައްޒަފުގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާދިނުން.
- ކޮމިޝަނުން އެކުލަވާލާ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ ފަރާތުން ޝަރީއަތަށް ފޮނުވާ މައްސަލަތަކުގެ ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
- ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
- ކޮމިޝަނުގެ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ ގަވާއިދާ އެއްގޮތަށް ޤާނޫނީ އެހީތެރިކަން ދިނުމުގައި ލީގަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
- އަދި މިނޫންވެސް ކޮމިޝަނުން މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެކި މަސައްކަތްތަކާއި، ޙަރަކާތްތަކުގައި ބައިވެރިވުން.
|
އެޑްވޮކަސީ ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް (ހާލަތަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- ގްރެފިކްސް ޑިޒައިން ކުރުމުގެ ހުނަރު ހުރި ފަރާތްތައް
- އެޑްވޮކަސީ އިވެންޓުތައް ކޯޑިނޭޓުކުރުމުގެ ޝައުގުވެރިކަމާއި ހުނަރު ހުރި ފަރާތްތައް
- ވީޑިއޯ އެޑިޓްކުރުމުގެ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތައް
|
މައިގަނޑު މަސައްކަތް:
|
- އެޑްވޮކަސީ މެޓީރިއަލްސް ތައްޔާރުކުރުން (ޕޯސްޓަރު، ވީޑިއޯފަދަ މެޓީރިއަލްސް)
- ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅުންހުރި އިވެންޓުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
- ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
- ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
|
ސުންގަޑި
|
2021 މާރިޗު 09 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
އެހެނިހެން
|
- އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
- އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އިންޓާންޝިޕްގެ ފުރުޞަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓާންޝިޕްގެ މުއްދަތު ފުރިހަމަކުރުމުން، މަސައްކަތްކުރިގޮތުގެ ރެފަރެންސް ސިޓީއެއް ދެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިންޓާންޝިޕަށްއެދި ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
|