ދިވެހިރާއްޖެ
އިޢުލާން
އޭސީ ގަނެ ހަރުކޮށްދޭނެ އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އޭސީ ގަނެ ހަރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފްކުރުމާއި ބީލަމަށް ރަޖިސްޓްރީކުރުން |
2021 ފެބްރުވަރީ 28 ން 2021 މާރިޗު 09 ށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު9:00 ން 13:00 ށް |
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން |
2021 މާރިޗު 09 ވަނަ ދުވަހުގެ 13:30 ގައި ފ. މަގޫދޫ ކައުންސިލް އިދާރާގައި |
ބިޑްފޮތްވިއްކުން |
2120 ފެބުރުވަރީ 28 ން މާރިޗު 09 ވަނަ ދުވަހުގެ 13:00 ށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 13:00 ށް މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ 100.00 ރުފިޔާ |
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި / ކުންފުނި ތަކަށްއެކަންޏެވެ.
ބީލަމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީނުކޮށް ބިޑްފޮތް ބައްލަވައިނުގަންނަ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
16 ރަޖަބު 1442
28 ފެބްރުވަރީ 2021