ދިވެހިރާއްޖެ
އިޢުލާން
'ރެޕިޑް އެސެސްމަންޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް' ސާރވޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ
މިބިއުރޯގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ "ރެޕިޑް އެސެސްމަންޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް"ސާރވޭގައި ހަރަކާތްތެރިވުމަށް15 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މި ސާރވޭ އަކީ ފޯނު މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާ ސާރވޭއެކެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިގޮތުން، ޓެބްލެޓް ބޭނުންކޮށްގެން ޑޭޓާ އެންޓަރކުރަން އެގުމާއި، މީހުންނާއި މުއާމަލާތު ކުރުމުގެ ހުނަރު ހުރުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 3 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.
މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިއުރޯގެ ވެބްސައިޓްގައިވާ(http://statisticsmaldives.gov.mv/surveyapplication/hies) ލިންކު މެދުވެރިކޮށް 07 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވޭނެއެވެ.
މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008408 / 3008416އަށް ގުޅުއްވުން އެދެމެވެ.