މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭ އާއި އިންވެގެން ހުޅަނގަށް ހުރި ގުދަންތަކުގައި ހުރި މުދާ ހުސްކުރުމާގުޅޭ

            އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭ އާއި އިންވެގެން ހުޅަނގަށް ހުރި ގުދަންތައް މިހާރު ބޭނުންކުރަމުން  ގެންދާ ފަރާތްތައް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: A1/425/2021/02ވ(IUL)  (02 ފެބްރުއަރީ 2021) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ލިޔުމެއް ހުށަހަޅައި، އެ އިޢުލާނަށް އިޖާބައެއް ދީފައެއް ނުވެއެވެ. ނަމަވެސް އެގުދަންތަކުގައި މުދަލާއި ތަކެތި ހުރިކަން މި އިދާރާއަށް ފާހަގަ ކުރެވެއެވެ.

            ވުމާއެކު، އެ ގުދަންތަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ފަރާތަކުން ގުދަނަށް ވައްދާފައިވާ މުދަލާއި ތަކެތި، 3 މާރިޗް 2021 ގެ ކުރިން އެގުދަންތަކުން ނެރެ އެތަކެތި ގެންގޮސް، ގުދަންތައް ހުސްކުރުމަށް އެންގީމެވެ.

            އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއިމެދު ކައުންސިލުން ނިންމާގޮތެއްގެ މަތިން ޢަމަލު ކުރެވޭނެއެވެ. އަދި  މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މި އިދާރާއިން ޒިންމާ ނުވާނެ ވާހަކަވެސް އަންގާ ޢިއުލާނުކުރީމެވެ.

                                                         13 ރަޖަބު 1442

25 ފެބުރުވަރީ 2021
ހޯދާ