މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިދާރާއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ އެވެ.

މަޤާމު

ޑްރައިވަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

4500.00ރ (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާ

އެލަވަންސް

2000.00ރ (ދެހާސް) ރުފިޔާ

އިތުރުގަޑި ފައިސާ

އިތުރު ގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 30.00 (ތިރީސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަރަވަންދޫ އީކޯ ސެންޓްރޯ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ރަށުގައި އުފެދޭ ކުނި، ދެމެހެއްޓެނި ގޮތެއްގައި ނައްތާލުމުގެ ނިޒާމްގެ ދަށުން ގޭގެއިން އުފެދޭ ކުނި ނެގުމުގައި މަސައްކަތްކުރުން.
  2. މުނިސިޕަލްސަރވިސްގެ މަސައްކަތުގެ ތެރެއިން ރޭވޭ މަސައްކަތުގެ ދަތުރުތައް ކުރުން.
  3. ވެހިކަލްގެ މަރާމާތާއި، އީކޯ ސެންޓްރޯގެ މެއިންޓެނަންސް މަސައްކަތް ކުރުން.

ޝަރުޠު

އެއްގަމުގައި ދުއްވާ (ހަތަރު ފުރޮޅުލީ) އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ތަޖުރިބާ.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.
  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި އެކު، ހުށަހަޅަންޖެހޭ ލިއުންތައް، 2021 މާރިޗް 2 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ.

25 ފެބުރުވަރީ 2021
ހޯދާ