މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

 134-HR/I/2021/24 :ނަމްބަރު 

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

9000.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ދަަަަށްވެގެން ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން.  

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޑިޕާޓްމަންޓްއިން އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.
  • ޑިޕާޓްމެންޓްގެ ލިޔެކިޔުން ފައިލްކުރުމުގެ މަސައްކަތްކުރުން.
  • މީޓިން ތަކަށް ޕްރެޒެންޓް ކުރަންޖެހޭ ޑާޓާ ޝީޓާއި ލިޔެކިޔުން ތައްޔާރުކުރުން.
  • ޑިޕާޓްމެންޓްއިން ސެންޓަރުތަކަށް ފޮނުވާ މެމޯ، ލިޔުންތަށް އެޗްއޯޑީގެ ލަފާގެމަތީން ތައްޔާރުކޮށް ފޮނުވުން.
  • އައިސްޕްލާންޓްތަކުގެ ސްޓޭޓަސް އަޕްޑޭޓްކޮށް ރިޕޯރޓް ތައްޔާރުކުރުން.
  • އޮޕަރޭޝަން ޑިޕާޓްމެންޓްގެ މޭންޑޭޓްގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުން.
  • ސައިޓްތަކާއި ގުޅުންހުންނަ ކަންތައް ޑިޕާރޓްމަންޓް ހެޑްގެ މަޝްވަރާގެމަތިން ކުރުން.
  • އޮޕަރޭޝަނާއި ގުޅުންހުރި އިންޑަސްޓްރިއަލް އެކްސިޑެންޓް ތަކުގެ ރިޕޯޓް ތައްޔާރުކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 1 މާރިޗް 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2021
ހޯދާ