ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނު ބާތިލްކުރުމާގުޅޭ

2020 ވަނަ އަހަރު ކޮޅުމަޑުލު ވަންދޫއިން ދިރިއުޅުމަށް 2000 (ދެހާސް) އަކަފޫޓުގެ 16 (ސޯޅަ) ބަންޑާރަ ގޯތި ދޫކުރުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު (IUL)388-PRO/388/2020/74 (31 ޑިސެމްބަރ 2020) އިޢުލާނާއި ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

             ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/388/2021/2 (21 ފެބްރުއަރީ 2021) ސިޓީއާއި ގުޅިގެން، 2020 ވަނަ އަހަރު ވަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު       (IUL)388-PRO/388/2020/74 (31 ޑިސެމްބަރ 2020) އިޢުލާން ބާތިލްކުރެވިފައިވާ ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ. 2020 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެންގުމާއި އެއްގޮތްވާގޮތުގެމަތީން އަލުން އިއުލާނުކޮށް މިއިދާރާއިން ބަންޑާރަގޯތިދޫކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުގައި އިސްވެ ބަޔާންކުރެވިފައިވާ އިޢުލާނާއި ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިކައުންސިލްގެ ތިންވަނަ ދައުރުގެ 134 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

            ވީމާ، 2020 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށްއެދި މިއިދާރާއަށް ހުށަހަޅާފައިވާ ފަރާތްތަކުން ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް މިހިނދަށް މިއިދާރާގެ ނަންބަރު (IUL)388-PRO/388/2021/14  (23 ފެބްރުއަރީ 2021) އިޢުލާނުން ހުޅުވާލެވިފައިވާ ފުރުސަތުގައި [ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމު] ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

23 ފެބުރުވަރީ 2021
ހޯދާ