އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތް ސްޕޮންސަރ ކުރުމަށް ފުރުސަތުހުޅުވާލުން
                                މިކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ " ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ" މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
- މެއިން ސްޕޮންސަރ (އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް) – މުބާރާތުގެ ޓައިޓަލް ދިނުމާއި، ހުރިހާ ޓީމެއްގެ ޖާޒީގައި ލޯގޯ ޖަހައި ދިނުން އަދި 2 ދިމާލެއްގައި ސްޕޮންސަރ ކުރާ ފަރާތުގެ ނަމާއެކު ބެނާ ހަރު ކުރެވޭނެ.
- އެކްސްކުލޫސިވް ސްޕޮނސަރ (ދެވަނަ އަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް) – 2 ބެނާ ބެހެއްޓުމާ އެކު 3 ބިލް ބޯޑުގައި ނަމާ އެކު ލޯގޯ ޖަހައިދެވޭނެ.
- ޓްރޮފީ ސްޕްންސަރ ( މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތަށް) - ބެހެއްޓޭ ބެނާ ތަކުގައި ނަން ނުވަތަ ލޯގޯ ޖަހައިދެވޭނެ.
- 2ފޫޓް 6ފޫޓްގެ ބިލް ބޯޑް ހަދައިގެން ގެނައުމުން ބަހައްޓައި ދިނުން (500) ރުފިޔާ
ވީމާ މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 4 މާރީޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް މިކައުންސިލްގެ އިދާރާއަށް ސްޕޮންސަރ ކުރެއްވުމަށް ހުށަހެޅުއްވުންއެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6680539 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
             23 ފެބުރުވަރީ 2021
            
        
                    ހޯދާ  
                
                 
                    