ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓެއްޢިމާރާތް ކުރުމުގެ މަސައްކަތް

ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި މަސްމާރުކޭޓެއް ޢިމާރާތް  ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި އާއްމުކޮށް އިޢުލާން ކުރީމެވެ.

 

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021/02/23 އިން 2021/02/28 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021/03/07 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • މަސައްކަތާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
  • ބިޑް ނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.
    • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- ފޯން : 7908156

- އީމެއިލް: [email protected]

22 ފެބުރުވަރީ 2021
ހޯދާ