ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑްޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2021/003-R1

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް  ހޯދަމަށް ކުރެވުނު އިއުލާން ނަންބަރު TENDER/HMH/2021/003 ގެ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެނައުމަށް މެނޭޖްމަންޓްއިން ނިންމާފައިވާތީ، އެއިއުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 28 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

7 މާރިޗު 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

22 ފެބްރުއަރީ 2021

22 ފެބުރުވަރީ 2021
ހޯދާ