މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ގެއްލިގެން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާއި ގުޅިގެން ކެންސަލު ކުރެވޭ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލް އާއި ޙިއްޞާ ކުރުން

އިންޓަރޕޯލް އާއި ދިވެހި ސަރުކާރާއި ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާއި ގުޅިގެން ކެންސަލު ކުރެވޭ  ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަރޕޯލް އާއި ޙިއްޞާ ކުރަންޖެހެއެެވެ. އެހެންކަމުން ދިވެހީން ދަތުރު ކުރުމަށް ދޫކުރެވޭ ޕާސްޕޯޓު އާއި ދަތުރު ކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމުން އެ މަޢުލޫމާތު އިންޓަރޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސް.އެލް.ޓީ.ޑީ) ޑާޓާބޭސްގައި 25 ފެބުރުއަރީ 2021 އިން ފެށިގެން ހިމަނަމުން ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިސްވެ ދެންނެވިފައިވާފަދަ ހާލަތަކާއި ގުޅިގެންް ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްޚަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެއާއި އަދި ރާއްެޖެއިން ބޭރުގެ ޤައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްޚަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެއެވެ.

އެސް.އެލް.ޓީ.ޑީ ގައި ޕާސްޕޯޓު ގެއްލިފައިވާކަމަށް ނަވަތަ ވަގަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ހިމެނިއްޖެނަމަ، އިންޓަރޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ގައުމަކަށް އެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. އެހެންކަމުން އިސްވެ ދެންނެވި ފަދައިން ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެއެވެ.

ވީމާ، ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯރޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ކުރިމަތިވެދާނެ ދަތިއުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އަންގަމެވެ.

22 ފެބުރުވަރީ 2021
ހޯދާ