ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ އައުޓްޑޯ ޖިމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތާއި ބެހޭ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި ރަށުގައި "އައުޓްޑޯ ޖިމް" ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތްތައް މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

24 ފެބުރުވަރީ 2021

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

28 ފެބުރުވަރީ 2021

އާދީއްތަ

13:00

މާކްސް ދެވޭގޮތުގެ ތަފްސީލު:

- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން  ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

* މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

70%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

މިފަދަ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

05%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

25%

މަސައްކަތް ނިންމާ މުއްދަތު

އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން

އަންދާސީ ހިސާބު ހުށަހަޅާނީ 28 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާއަށް ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު އެހެންފަރާތެއް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެފަރާތަކާއި އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. މިނޫން ގޮތަކަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.

މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ރަޖަބު  1442 ހ.

21 ފެބުރުވަރީ 2021
ހޯދާ