ދިވެހިރާއްޖެ
134-HR/I/2021/23 :ނަމްބަރު
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު |
އެސިސްޓެންޓް އިންޖިނިއަރ |
ބޭނުންވާ ޢަދަދު |
4 ( ހަތަރެއް ) |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް (1 އަހަރު ދުވަހަށް) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިފްކޯގެ މަސްގަންނަ ބޯޓުފަހަރު ތަކުގައި |
ޖުމްލަ މުސާރަ: |
8550.00 ރުފިޔާ |
ޝަރުޠު: |
ކަނޑުމަތީގައި މަސައްކަތް ކުރެވޭނެ މީހަކު ކަމުގައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު: |
މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ އިންޖިންގ ސައިޑުގެ މަސައްކަތްތަކާއި ޒިއްމާއާއި މަސްޢޫލިއްޔަތު އަދާކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. ބޯޓުފަހަރުގައި އުޅެ ތަޖުރިބާ ލިބިފައިވާ މީހުނަށް އިސްކަން ދެވޭނެއެވެ. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އެކު) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން). |
ތަކެތި ހުށަހަޅަންޖެހެޭ އޮފީސް: |
އީމެއިލް ކުރައްވާނީ [email protected]އަށެވެ.
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.