ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގައި ކުރަންޖެހޭ ބައެއް މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގައި ކުރަންޖެހޭ ބައެއް މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގައި ކުރަން ޖެހިފައިވާ މަރާމާތްތައް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 2021/01/(IUL)P2C އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ކޯޓޭޝަންތައް އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށް ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ތިރީގައިއެވަނީ ކުރަންޖެހޭ މަސައްކަތުގެ ތަފްސީލެވެ.

 

މަސައްކަތުގެ ތަފްސީލް:

  1. ކޯޓުރޫމް ސީލިންގުގައި ހަލާކުވެފައިވާ 2 ފިލާ ބަދަލުކުރުން
  2. އިދާރީބައިގެ ސީލިންގުގައި ހަލާކުވެފައިވާ 3 ފިލާ ބަދަލުކުރުން
  3. ބޭރުގެ ސީލިންގުގައި ހަލާކުވެފައިވާ 1 ފިލާ ބަދަލުކުރުން
  4. ޢިމާރާތުގެ ހުޅަނގު މަތީ ފަރާތުގައި ހަލާކުވެފައިވާ 2 ނަލަފިލާ ބަދަލުކުރުން
  5. ކޯޓުގެ ކޮންފަރެންސް ރޫމުގެ ދޮރުފަތުގައި ޑޯކްލޯޒަރއެއް ހަރުކުރުން
  6. ސީލިންގ ފިލާގެ ގޮތުގައި ބޭނުންކުރާނީ 3 އެމްއެމް އާދައިގެ ފިލާއެވެ.
  7. ބަދަލުކުރާ ފިލާ ތަކުގެ ސީލިންގ ޖޮއިންޓްތަކުގައި ޕްޓީ އަޅާ ސޭންޑަރުކުރަންވާނެއެވެ، އަދި އެހެންފިލާތަކުގެ ސީލިންގ ޖޮއިންޓްގެ ހަލާކުވެފައިހުރި ތަންތަނުގައި ޕުޓީ އަޅައި ސޭންޑަރކުރަންވާނެއެވެ.
  8. ބަދަލުކުރާ ފިލާތަކުގައިއާއި، ކޯޓުރޫމުގެ މުޅި ސީލިންގގައި (30*16 ފޫޓު) ކުލަލާންވާނެއެވެ.

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (25 ފެބްރުއަރީ 2021)  13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.    

އިތުރު މަޢުލޫމާތު

  1. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  2. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
  3. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
21 ފެބުރުވަރީ 2021
ހޯދާ