ދިވެހިރާއްޖެ
`
ފުވައްމުލަކު ސްކޫލް |
|
|
ފުވައްމުލައް، ދިވެހިރާއްޖެ |
|
|
|
|
އިޢުލާން ނަންބަރ:GS44/IUL/2021/04
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1 ސުވާލުކަރުދާހާއި ޖަވާބު ކަރުދާސް ރައްކާކުރާނެ ސެކިއުރިޓީ ރޫމެއް ހެދުމުގެ މަސައްކަތް
2 މި ސްކޫލަށް ސުވާލުކަރުދާހާއި ޖަވާބު ކަރުދާސް ރައްކާކުރާނެ ސެކިއުރިޓީ ރޫމެއް ހެދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 21 ފެބުރުވަރީ 2021 ން 01 މާރިޗު 2021 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 މާރިޗު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 16 މާރިޗު 2021 ވަނަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސްކޫލުގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
9 ފުވައްމުލަކު ސްކޫލް
ފުވައްމުލައް
ފޯން: 6860002 7800584,
އީ-މެއިލް: [email protected]
09 ރަޖަބު 1442
21 ފެބުރުވަރީ 2021