ދިވެހިރާއްޖެ
ހަޓްތައް ނެގުމާއި ބެހޭ
މިރަށު އިރު އުތުރު ފަރާތާއި، އުތުރު ފަރާތުގެ އެކި ސަރަޙައްދުތަކުގައި، މިކައުންސިލްގެ ހުއްދަ، ނެގުމަކާއި ނުލައި އެކިފަރާތްތަކުން ޖަހާފައިވާ ހަޓުތައް، ނެގުމަށް ކުރެވުނު ނަންބަރު:(IUL)333/333/2019/21 ޢިއުލާން އާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދެވިފައިވާ ޢިއުލާންގައި ދެންނެވިފައިވާ ހަޓްތައް މިއަދާހަމައަށްވެސް ނަގާފައިނުވާތީ، 2021 ފެބްރުވަރީ 25 ވަނަ ދުވަހުގެ ކުރިން ގެސްޓުން މޫދަށް އެރުމަށް ޙާއްސަކުރެވިފައިވާ ސަރަޙައްދުގައި ޖަހާފައިވާ ހަޓްތައް ނެގުމަށް ދަންނަވަމެވެ.
މިދެންނެވި މުއްދަތުހަމަވާއިރު ނުނަގައި ހުންނަ ހަޓުތައް މިކައުންސިލުން ނަގާނެކަމުގައިވެސް ދަންނަވަމެވެ. އަދި މިހަޓުތައް ކައުންސިލުން ނެގުމުގެތެރޭގައި ތަކެއްޗަށްލިބޭގެއްލުމުގެ ޒިންމާއެއް މިކައުންސިލުން ނުއުފުލާނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.